އާދައިގެ އިންސާނަކަށް އިހާނެތިވާ ގޮތަށް ހަދައިފައިވާ ކާޓޫނެއް ފެނިގެން ރައްޔިތުންގެ މަޖިލިސް މެމްބަރުން އެލާޓަށް އައިއިރު މާތްވެގެންވާ ނަބިއްޔާއަށް އިހާނެތި ބަސްބުނެ އެމްޑީއެން އިން ރިޕޯޓު ނެރުމުން މަޖިލީސްގެ މެމްބަރުންނަށް އެއްވެސް އަސަރެއް ނުކުރި ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާ އެއްޗަކަށްވުރެ ނަބިއްޔާއަށް ލޯބިވާން ޖެހޭ ކަމަށެވެ.
"އާދައިގެ އިންސާނަކަށް އިހާނެތިވާގޮތަށް ހަދައިފައި އިން ކާޓޫނެއް ފެނިގެން ރައްޔިތުންގެ މަޖިލީސް އެލާޓަށް އައިއިރު ނަބިއްޔާއަށް އިހާނެތި ބަސްތަކެއް ރައްދުކުރި ރިޕޯޓާ ގުޅިގެން އެބައި މީހުންނަށް އެއްވެސް އަސަރެއް ނުކުރި. ހުރިހާ އެއްޗަކަށްވުރެ އެކަލޭގެފާނު ދެކެވާ ލޯބި ބޮޑުވާންޖެހޭ،" ޑރ. އިޔާޒު ވިދާޅުވެފައިވެއެވެ.
އޭނާ ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ތިމަންމެންނަށް ފުރައްސާރަކުރި ކަމަށް "ތުހުމަތު" ކުރެވުނު މީހާ ވަގުތުން ސަސްޕެންޑު ކުރެވިއްޖެއެވެ. ނައްބިޔާގެ ޝަޚުސިއްޔަތަށް ހުތުރުވާ ގޮތަށް ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އަޅަން އެތައް ހަރުފަތްތަކެއް ގިރާކުރަން ޖެހުނެވެ." ކަމަށެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނުފަށެއް ޖަހައިގެން ދަމާފައި ގެންދާ ފޮޓޯއެއް ޕޯސްޓް ކުރެއްވި މައްސަލާގައި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރައްވައިފައި ވަނިކޮށްނެވެ.
Iyaz ah mihaaru emeehunge fenvaru ebafeneythaa dhoa.eyruves mihaaruves aharemennah en'gey e ee hama emeehunkan.ehenve aharemen emeehun fahathah naaranee.Iyaz viyas maumoon viyas adhi ehen meehaku buninamaves.dhenves MDP aa vaives neylheynamu