އެސްޓީއޯ އިން އޯޑަރުކުރި ކާށި ޝިޕްމެންޓު ރާއްޖެ ގެނެސްފި

އެސްޓީއޯ އިން އޯޑަރުކުރި ކާށި ޝިޕްމެންޓު ރާއްޖެ ގެނެސްފި އެވެ.

މިއީ ބާޒާރުގައި ކާށިގެ އަގު ބޮޑުވެފައިވާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގެނައި ޝިޕްމެންޓެކެވެ.

އެސްޓީއޯއިން ބުނީ ކާށި ޝިޕްމަންޓް ލިބުނީ އިއްޔެ ހަވީރު ކަމަށާއި ކާށިތަކުގެ ކޮލިޓީ ބެލުމަށް ފަހު، ވަރަށް އަވަހަށް ވިއްކަން ފަށާނެ ކަމަށެވެ. އެހެންނަމަވެސް އެ ކާށި ބާޒާރަށް ނެރޭނެ ދުވަހެއް ނުބުނެއެވެ.

އެ ކުންފުނިން ބުނީ ބާޒާރުގައި މިހާރު ކާށި ލިބެން ހުރި އަގުތަކަށް ވުރެ ހެޔޮކޮށް، ވިއްކާނެ ކަމަށެވެ.

ބާޒާރުގައި ކާށީގެ އަގު މިހާރުހުރީ 30 ރުފިޔާއަށް ކާއްޓެއްގެ ރޭޓުންނެވެ. އަދި ކާށި ބަސްތާއެއް 1400 އާއި 1600 އާ ދެމެދުގެއަގުތަކެއްގަ އެވެ.ވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.