އިރުފާނާއި އޭނާއާއެކު ދަތުރުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ރިޔާސީ ކޮމިޝަނުން ހޯދަން އިޢުލާން ކޮށްފައިވާ މ. ކުރިރުއްގޭ އިރުފާން ރުޝްދީ އާއި އޭނާއާއެކު ލޯޗުގައި ދަތުރުކުރި އަނެއް ތިންމީހުންގެ ބަންދަށް ކޯޓުން ގދ. ތިނަދޫ މެޖިސްޓްރޭޓު ކޯޓުން މިއަދު 15 ދުވަސް ޖަހައިދީފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިރުފާނާއި އޭނާއާއެކު ބަންދުކުރި އަނެއް ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ތިނަދުއާ 15 މޭލު ބޭރުން ދަތުރުކުރި "ބުލޫވޭވް" ނަމަކަށް ކިޔާ ލޯންޗަކުންނެވެ. އެ ލޯންޗު ޕެޓްރޯލް ހުސްވެގެން އެހީއަށް އެދުމުން ލޯންޗު ތިނަދުއަށް ގެނެސްދިނެވެ. އެފަހުން ފުލުހުންނަށް ކަންތައްތަކެއް ޝައްކުވެގެން އިތުރަށް ބެލިބެލުމުގައި އިރުފާން ރުޝްދީ އެ މީހުންގެ ތެރޭގައި ހިމެނޭކަން ފުލުހުންނަށް އެނގުމުން 4 މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ކޮމިޝަނުން 27 މައްސައެއް ބަލަމުންދާކަމަށް އެކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. އެކޮމިޝަނުން ބަލަމުންދާ ބޮޑެތި މައްސަލަ ތަކުގެ ތެރޭގައި ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.