ފިޔޯރީ ސްކޫލާއި ހުރާ ސްކޫލަށް ކުލާސްރޫމްތަކެއް އިތުރުކުރުމުގެ އެއްބަސްވުމުައި ސޮއިކޮށްފި

ގދ. ފިޔޯރީ ސްކޫލުގައި 6 ކުލާސްރޫމް ހިމެނޭ ދެ ބުރީގެ ޢިމާރާތެއް ކުރުމަށް އިނޯކާ ޕްރައިވެޓު ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

އެމަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފައިވަނީ މިއަދުގެ މެންދުރުއެވެ. މިއީ ޕީއެސްއައިޕީ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިޢިމާރާތް އެޅުމަށް ޙަވާލުކޮށްފައިވަނީ  ފަސް މިލިއަން ނުވަސަތޭކަ ހަ ހާސް އެއްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ނުވަދިހަ އަށް ލާރިއަށެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 225 ދުވަހެވެ. އެހެންނަމަވެސް އަންނަ އަހަރު ސެޕްޓެމްބަރު ކުރީކޮޅު މަސައްކަތް ނިމި ޢިމާރާތުގެ ބޭނުން ހިފޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙްމަދު ރިޔާޒެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ފަޔާޒް މަންސޫރެވެ.

މީގެ އިތުރަށް ކ.ހުރާ ސުކޫލް ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 06 ކްލާސްރޫމް 02 ބުރި އިމާރާތުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކުރައްވައިފައެވެ. އެއީ ވެސް ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

އެ މަސައްކަތް ހަވާލުކުރީ މިދިޔައީ މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތަށް އެފަރާތުން ހުށަހަޅާފައިވާ އަގަކީ ހަތަރު މިލިއަން އަށްސަތޭކަ ފަންސާސް ހަތަރު ހާސް ނުވަސަތޭކަ ހަތްދިހަ ދެ ރުފިޔާ ސާޅީސް އެއް ލާރި އެވެ. މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 250 ދުވަހެވެ. އެއަށްވުރެ ކުރިން މަސައްކަތް ނިމި ޢިމާރާތުގެ ބޭނުން ކުރެވޭނެ ކަމަށް އެފަރާތުން ބުނެފައިވެއެވެ. މި އެއްބަސްވުމުގައި ވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.