ރ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ގާއުނޑޫދޫ ވަލުތެރޭގައި ވަރަށް އިހާނެތިކޮށް ބަނދެފައި އޮތް ވެލައެއް ތިމާވެށީގެ ދިރާސާތަކެއް ކުރުމަށް އެރަށަށް ގޮސް އުޅުނު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޓީމަކަށް ފެނިގެން ސަލާމަތްކުރީ އިއްޔެއެވެ.
އެކަމާބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓަރޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ އެއީ ވަލުތެރޭގައި އިންސާނަކު ބަނދެފައި ބޭއްވުންފަދަ ކަމެއް ކަމަށެވެ.
ތިމާވެއްޓާ ބެހޭ ދިރާސާ ކުރަން އުޅުނު ޓީމަށް ގާއުނޑޫދޫ ވަލުތެރޭގައި އުއްޑުން ޖަހައި ބަނދެފައި އޮތް އެ ވެލާ ފެނިފައިވަނީ އިއްޔެ ހެނދުނުއެވެ. "ފިޔަގަނޑުގައި ވަލެއް ޖަހައި ގަހެއްގައި މި ވެލާ ބަނދެފައި އޮތުމުގެ ބޭނުމަކީ ކޮންމެވެސް ވަގުތެއްގައި ފަޅާލުމަށް ކަމަށް ބެލެވެއެވެ." ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެއީ ބިސް އަޅަން އެ ރަށަށް އެރި ވެލައެއް ކަމަށް ބެލޭވޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީގެ ޓީމަށް ވެލާ ފެނުމާއެކީ އެ ވެލާ ސަލާމަތްކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
ވެލާ ސަލާމަތްކުރި ޓީމުގައި އިސްވެ ހުންނެވީ މިނިސްޓްރީގެ އެކްޒެކަޓިވް ޑިރެކްޓަރ އަހުމަދު މުޖުތަބާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ވަނީ ޓީމުގެ ހުރިހާ ބޭފުޅުންނަށް ގުޅާ މަރުހަބާ ދަންނަވައި ހާދިސާ ހިނގި ގޮތް ބައްލަވައިފައެވެ. "މި ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު މިނިސްޓްރީއިން ފިޔަވަޅު އަޅާނެއެވެ."
މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ އެއީ ހަގީގަތުގައިވެސް އަނިޔާކުރުންކަމަށެވެ. މިފަދަ "ލާއިންސާނީ" އަމަލުތައް ބަލައިނުގަނެވޭނެ ކަމަށާއި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެއީ ޤާނޫނީގޮތުން ބަލާއިރުވެސް ބޮޑުވެގެންވާ ކުށެވެ. އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. "މިކަމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ" ކަމަށްވެސް ޒާހިރު ވަނީ ވިދާޅުވެފައެވެ.
ވެލައަކީ ދުނިޔޭގެ ނިސްނަތުގައި ވެސް އަވަހަށްނެތި ހިނގައިދާނެ ކަމަށް ބެލެވިފައިވާ އެއްޗެކެވެ.