ރާއްޖޭގެ ފަޅު ރަށެއްގައި ބަނދެފައިއޮތް ވެލައެއް ފެނިގެން އެ ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ އެ ވެލާ ބަނދެފައިވަނީ ވަރަށް އިހާނެތި ގޮތަކަށް ކަމަށެވެ. ވެލާ މޮހެ ދޫކޮށްލުމުގެ މަސައްލަތް ކުރަމުންދަނީ ތިމާވެއްޓާބެހޭ ވުޒާރާއާއި އީޕީއޭގެ ޓީމަކުންނެވެ. އެ ޓީމުގައި މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަހުމަދު މުޖުތަބާ ހަރަކާތްތެރިވަމުންދެއެވެ. މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވަނީ އެ ޓީމުގެ މަސައްކަތަށް ހިތްވަރު ދެއްވާ މަރުހަބާ ދަންނަވައިފައެވެ.