ޚާއްސަ އިނާމްތަކާއެކު އުރީދޫ އިން ކްރޭޒީ ރޭސް ފަށައިފި

އުރީދޫ މޯލްޑިވްސް އިން “ކްރޭޒީ ރޭސް” ގެ ނަމުގައި ވަރަށް ފޯރިގަދަ އެސްއެމްއެސް މުބާރާތެއް ތައާރަފްކޮށްފިއެވެ.

މި މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ގްރޭންޑް ޕްރައިޒް އެއް ގޮތުގައި ޖެޓްސްކީއެއް ހިމެނޭ ކަމަށް އުރީދޫން ވިދާޅުވިއެވެ.

ކްރޭޒީ ރޭސްގެ ކުޅުންތެރިންގެ އަމާޒަކީ، އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން ސުވާލުތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް، ލިބޭ ޕޮއިންޓުވެސް އިތުރު ވެގެންދާނެއެވެ. އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި ކުރެވޭނީ ކާރު، ރޭސިންގ އަދި ބައިކިން އާ ބެހޭ ތަފާތު ސުވާލުތައް ކަމަށް އުރީދޫން ވިދާޅުވިއެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި އެސްއެމްއެސް ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4242 އަށް އެސް.އެމް.އެސް ކުރުމުން ބައިވެރިވެވޭނެއެވެ.

ކްރޭޒީ ރޭސްގައި ބައިވެރިވާ މީހުންނަށް އަގުހުރި އިނާމުތަކެއް ޚާއްސަ ކުރެވިފައިވެއެވެ. ކޮންމެ ހަފްތާއަކާއި ކޮންމެ މަހަކު އަދި މުޅި މުބާރާތް ނިމުމާ އެކު ވެސް ކުޅުންތެރިންނަށް އިނާމް ލިބޭނެއެވެ.

ލަކީ ޑްރޯ މެދުވެރިކޮށް ކޮންމެ ހަފްތާއަކު ލިބޭ އިނާމް

- ސެމްސަންގ ގެލެކްސީ ބަޑްސް

- އެޕަލް އެއާޕޮޑް

- ސެމްސަން ގެލެގްސީ ވޮޗް

- އެޕަލް ވޮޗު

ކޮންމެ މަހެއްގެ އެންމެ މޮޅު ކުޅުންތެރިއާއަށް

  • ސެމްސަން ގެލެކްސީ އެސް 10 (128 ޖީބީ)

ގުރޭންޑު ޕްރައިޒް (ލަކީ ޑްރޯ މެދުވެރިކޮށް

  • ޖެޓު ސްކީ-

ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ދޭ އިނާމުތައް ލިބޭނީ، ބައިވެރިންގެ ތެރެއިން ނެގޭ ގުރުއަތުން ހޮވޭ ބޭފުޅުންނަށެވެ. މިގޮތުން، އެކުޅުންތެރިއެއްގެ ސްކޯ އިތުރުވާވަރަކަށް، ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.

ހަމައެހެންމެ، ކޮންމެ މަހެއްގައިވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 10 އެއް ލިބިގެންދާނެއެވެ. އަދި މުޅި މުބާރާތުގެ ޓޮޕް ސްކޯރާ އަށް ގްރޭންޑް ޕްރައިޒްއެއްގެ ގޮތުގައި ޖެޓް  ސްކީ އެއް ހަދިޔާކުރެވޭނެއެވެ.

ކްރޭޒީ ރޭހާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާ ގުޅޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.