އުރީދޫގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ނިންމައިފި

އުރީދޫގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިހާރު ކުރިއަށްދާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ.

އުރީދޫގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިހާރު ކުރިއަށްދާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ.

މިޖަލްސާ ބޭއްވީ ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައެވެ. މިޖަލްސާގައި 195 ޙިއްސާދާރުން ބައިވެރިވެފައިވެއެވެ. އެއީ މިފަދަ ޖަލްސާތަކަށް އާއްމުކޮށް ހާޒިރުވާ މީހުންގެ އަދަދާ އަޅާބަލާއިރު ގިނަ ޢަދަދެއް ކަމަށް އެޖަލްސާގައި ބައިވެރިވި ބައެއް މީހުންވަނީ ފާހަގަކޮށްފައެވެ.

މިޖަލްސާގައިވަނީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައު ޑީރެކްޓަރަކު ވެސް އިންތިޚާބުކޮށްފައެވެ. އެމަގާމަށް އިންތިޚާބުކޮށްފައިވަނީ ފަރީހާ ޝަރީފެވެ. މީގެ އިތުރުން  2019 ވަނަ އަހަރު މާރިޗު 3 ގައި ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް މިރޭ ވަނީ ފާސްކުރައްވައިފައެވެ. އަދި 2019 ވަނަ އަހަރު ޑިސެމްބަރު 16 ވަނަ ދުވަހު ބޭއްވި  ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކުރިއެވެ.  އޭގެ އިތުރުން މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން ވެސް މިޖަލްސާގައި އޮތެވެ. އަދި މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި، 2020 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން ވެސް މިރޭގެ ޖަލްސާގައި އޮތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.