ލޯޔަރު ވައްޑެ ވެސް ޖެޕީއަށް

ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރ  މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ މިރޭ ޖޭޕީގެ ހެޑްކުއާޓަރ، މާފަންނު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު މެންބަރޝިޕް ފޯމް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާ އޭނާ ވަނީ މިރޭގެ ރަސްމިއްޔާތުގައި ހަވާލު ކޮށްފައެވެ. އެނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ތުލުސްދޫ ދާއިރާގެ 300 މީހުންނާއެކުއެވެ. މިރޭގެ ރަސްމިއްޔާތުގައި އެމީހުންގެ ފޯމްތައްވެސް އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާ ހަވާލުކޮށްފައި ވެއެވެ.

ލޯޔަރު ވައްޑެ ޖުމްހޫރީ ޕާޓީއާއ ގުޅިވަޑައިގެންނެވީ، ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ. ލޯޔަރު ވައްޑެ 18 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން ރައީސް ޔާމީނާ މެދު ހިތްހަމަ ނުޖެހުން އުފެދި ، މަސައްކަތް ކުރެއްވި، ރައީސް މައުމޫނާ އެކުގައެވެ.

މިރޭ ޖޭޕީއާ ގުޅިވަޑައިގެން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ރައީސް ޔާމީނަށް މާޢާފްކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.