ހުޅުމާލެ “ފިޔަވަތި” ގައި އުޅެމުންދާ ކުދިންނަށް މޫދު ހަރަކާތްތަކެއް ފުލުހުން ކުރިއަށް ގެންގޮސްފި

ހުޅުމާލޭގައި ހުންނަ “ފިޔަވަތި” ގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް އަމާޒުކޮށްގެން މޫދު ކުޅިވަރު ހަރަކާތްތަކެއް ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްދީފިއެވެ.

ނޮވެމްބަރު މަހުގެ 13 ން އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ “ފިޔަވަތި” ގައި އުޅެމުންދާ ކުދިންގެ މާހައުލު ބަދަލުކޮށް އެކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފިވަޔަތީގެ އެދުމުގެ މަތިން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަކެވެ.

އެގޮތުން މި ހަރަކާތްތަކުގައި ކުދިންނަށް ފްލޯޓް ކުރާނެ ގޮތާއި ކިކް ޖަހާނެ ގޮތް ކިޔައިދިނުމުގެ އިތުރުން ފެތުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މޫދުގެ އެކި ކުޅިވަރުތައް ކުޅެފައިވެއެވެ.

މި ހަރަކާތްތަކުގައި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު 19 ކުއްޖަކު ބައިވެރިވެފައިވާއިރު އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވަނީ 21 ކުއްޖަކު ބައިވެރިވެފައެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުން ބައިވެރިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.