ބިދޭސީން އުޅޭ ގެއަކަށް ވަދެ ފޭރެން އުޅުނު ބަޔަކު ބަންދުކޮށްފި

މާރާމާރީގައި މީހުން ހައްޔަރު ކުރަން ފުލުހުން ގޮސް ތިބި މަންޒަރު، ފޮޓޯ ސަން

ބިދޭސީ ބަޔަކު ދިރިއުޅޭ ހެންވޭރު ގެއަކަށް ވަދެ ފޭރެން އުޅުނު ބަޔަކު މިއަދު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއވެ.

އެ ގެއަށް ބަޔަކު ގޮސް ފޭރެން އުޅޭ ކަމުގެ މަޢޫލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ބުނެފައެވެ.

މި މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު އެގެޔަށް ގޮސް އެމީހުން ބަންދުކޮށްފައިވަނީ ޕެޓްރޯލް ކުރަން އުޅުނު ގަލޮޅު ޕޮލިހުންނެވެ.

މި މައްސަލާގައި ބަންދުކޮށްފައިވަނީ 22 އަހަރުގެ 2 ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވަނީ އެމީހުން ދުއްވި 2 ސައިކަލް ޓޯ ކޮށްފައެވެ.

ފުލުހުން ގެންދަވަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.