އޭދަފުށީ ޕޯސްޓް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައި ވަދެ 1500 ރުފިޔާ ވަގަށް ނަގައިފި

އޭދަފުށި. ފޮޓޯ އޭދަފުށިޓައިމްސް

ބ. އޭދަފުށީ ޕޯސްޓް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައި އެތަނަށް ވަދެ 15 ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ މި ކަންހިންގާފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަންހާ އިރު ކަމަށެވެ. އެ ފައިސީގެ އިތުރަށް އެހެން އެއްވެސް އެއްޗެއް ގެންގޮސްފައިވާ ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ތަޙުޤީގު ކުރަމުންނެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ.

މި ފަހަކަށް އައިސް މާލޭއާއި އަތޮޅުތަކުގައި ވަނީ ވައްކަމާއި ފޭރުން އިތުރު ވެފައެވެ. މިކަންކަން ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން މިހާރުވެސް ގެންދަވަނީ މިފަދަ އެތައް މައްސަލައެއް ތަޙުޤީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.