ސީލައިފް ފްލެޓްގެ މައްސަލައިގައި ކޯޓަށް ނުދާ ފަރާތްތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ސީލައިފް ކުންފުނިން ފްލެޓް ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް ނުދާ ފަރާތްތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ހުޅުވާލައިފިއެވެ.

އެޗްޑީސީން އެމައްސަލައިގައި ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ސީލައިފް ކުންފުނިން ފްލެޓް ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް ނުދާ ފަރާތްތަކުގެ މަޢުލޫމާތު މިމަހު 26 ގެ ކުރިން އެކުންފުންޏަށް ސިޓީއަކާއެކު ހުށަހެޅުމަށެވެ. ހުށަޅަންޖެހޭ ތަކެތީގެތެރޭގައި ސީލައިފުން ފްލެޓް ގަތުމަށް ވެފައިވާ އެއްބަސްވުމާއި ސީލައިފަށް ފައިސާ ދެއްކި ކަމުގެ ރަސީދު ކޮޅާއި އައިޑީކާޑުގެ ކޮޕީ ހިމެނެއެވެ.

ސީލައިފް މައްސަލައިގައި ސިވިލްކކޯޓްގް ގަޒިއްޔާގައި ހިމެނޭފަރާތްތަކަށް ބަދަލު ހަމަޖެއްސެމުގެ ކަންތައް މިހާރު އެޗްޑީސީން ކުރަމުންދާ ކަމަށް ނޫސްބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ސީލައިފް ގްލޯބް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީކުރިމުގެ މަސައްކަތް ފެށި 3000 ހައުސިން ޔުނިޓްގެ ތެރެއިން ފްލެޓް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ ސީލައިފަށް ވަނީ ދައްކާފަ އެވެ. ނަމަވެސް ފްލެޓްގަންނަށް ގިނަބަޔަކު، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ. އެހެންކަމުން ފްލެޓަށް ފައިސާ ދެއްކި ގިނަ ފަރާތްތަކުން ވަނީ ސީލައިފާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ވަނީ ނިންމައިފައެވެ.

މައްސަލަ ނިމިގެން ގޮސްފައިވަނީ އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދޭގޮތަށެވެ. ސީލައިފާ ދެކޮލަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެޗްޑީސީ ވެސް ހިމެނޭ ގޮތަށެވެ. އެހެންކަމުން އެޗްޑީސީން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ސީލައިފުން ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ސީލައިފުން ފްލެޓް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާއާ އެއްވަރުގެ އަދަދެއް، އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ފްލެޓް ދިނުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.