މެމްބަރުންގެ ޗުއްޓީން އެއް ހަފްތާ މަސައްކަތަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިނުގެން، އެއް ހަފަތާ މަސައްކަތް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައްޔިތުންގެ މަޖިލިހުގައި ގިނަ މަސައްކަތްތަކެއް ހުރުމުން، ދެ ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަހަކާ ހަމައަށް ކުރިއަށް ގެންދިއުމަށް ފާސްކުރެއްވީ 72 މެމްބަރުންގެ އިއްތިފާގުން އެވެ. ރިޔާސާތުން މިމައްސަލަ ހުށަހެޅުމުން އެއްވެސް  މެމްބަރަކު އެމައްސަލައާމެދު އިޢްތިރާޒެއްނުކުރައްވައެވެ.

މަޖިލީހުގެ ޤަވާޢިދުގައި ބުނެފައިވާ ގޮތުންނަމަ އޯގަސްޓް މަހުގެ ފަހު ބްރާސްފަތި ދުވަހުގެ މަސައްކަތަށްފަހު މަޖިލީސް ޗުއްޓީވާނެއެވެ. މަޖިލިހުގެ ޤަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރުގެ ކުރިއަށް ދާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރުގެ މަސައްކަތް ކުރާނީ އޮކްޓޫބަރުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ގިނަ ޢަދަދެއްގެ ބިލްތަކާއި ޤަރާރުތައް އެކިމަރުޙަލާގައި އެބަ އޮތެވެ. މަސައްކަތް ނިންމުމަށް މިހަފްތާގައި ދުވާލާއި ރޭގަނޑު ޖަލްސާ ކުރިއަށް ގެންދަވައެވެ. އަދި ކޮމެޓީތަކުގެ މަސައްކަތައްވެސް ވަރަށް ބާރަށް ކުރިއަށް ގެންދަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.