2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ކެންޑިޑޭޓުންގެ ނަންތައް މިއަދު ޢާންމު ކޮށްފިއެވެ.
މިގޮތުން، ކެންޑިޑޭޓް ނަންބަރު 01 ލިބިވަޑައިގެންނެވީ ޢަބްދުއްރައްޒާޤު މުޙައްމަދު، ދިލްބަހާރުގެ / ގދ. ފިޔޯރީ އަށެވެ. ކެންޑިޑޭޓް ނަންބަރު 02 ލިބިވަޑައިގެންނެވީ ސ. ހިތަދޫ އޯޝަންލީޑް އަޙްމަދު ހައިލަމް އަށެވެ. ކެންޑިޑޭޓް ނަންބަރު 03 ލިބިވަޑައިގެންނެވީ ލ. ކަލައިދޫ އީރާފް ޢަލީ ޝަރީފަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށްދާނީ 2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 0900 އިން ހަވީރު 1700 އަށެވެ.
ޚަބަރައި ފޮޓޯ: ޖޭއެސްސީ