ޓީޓީ ޓީމާއެކު ރައީސްގެ ދެކަނބަލުން އުފާފާޅު ކުރައްވައިފި

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެނުންގެ ޓޭބަލް ޓެނިހުން ދިވެހި ޓީމު ރަންމެޑަލް ހޯދުމުގެ އެކަމުގެ އުފާފާޚު ކުރުމުގައި ޓީމާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުފާފާޅު ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒުނާއަޙުމަދު ވަނީ ފަޚުރުވެރި މިކާމިޔާބީ ހޯދި ޓީމުގެ ކުޅުންތެރިނާ ސަލާމް ކުރައްވައި މަރުޙަބާ ވެސް ވިދާޅުވެފައެވެ.

ޓީޓީގައި ވާދަކުރި އަންހެން ޓީމިގެ އިތުރަށް އައި.އޯ.އައި،ޖީގައި ވާދަކުރަމުންދާ ދިވެހި ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހޯދައިފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ކުރިޔަށްދިޔަ ކުޅިވަރުތަކުގެތެރެއިން ބާސްކެޓް، ބީޗް ވޮލީ، ބެޑްމިންޓަން، ސުވިމިންގ، ވޮލީ އަދި ޓޭބަލް ޓެނިހުގައި ރާއްޖޭގެ ޓީމުތައް ވާދަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިއަދު ވެސް ވަނީ ދިވެހި ޓީމުތަކުގެ ބައެއް ކުޅިވަރުތައް ކުރިޔަށްދިޔަ ވަގުތުތަކުގައި ކުޅިވަރުތައް ބައްލަވާލެއްވުމަށް ވަޑައިގެން ޓީމުތަކަށް ތަރުޙީބު ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.