ދިވެހި އަންހެން ޓީމު ޓީޓީ ޗެމްޕިއަންކަން ހޯދައިފި

މޮރިޝަސްގައި މޮހާރު ކުރިއަށް ދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގެ އަންހެން ޓީޓީ އިވެންޓުން ރަން މެޑަލް ހޯދައިފިއެވެ. ރާއްޖޭގެ ޓީމުން ޗެމްޕިއަންކަން ހޯދީ މޮރިޝަސް ބަލިކޮށްފައެވެ. މޮރިޝަސް އަކީ އެންމެ ފަހުގެ ޓީޓީ ޗެމްޕިއަނުންނެވެ.

މިއީ މިފަދަ މުބާރާތެއްގެ ޓީމު އިވެންޓަކުން ރާއްޖެ ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. 

ރާއްޖެއިން މެޗު ކާމިޔާބު ކުރީ 3 ގޭމު 2 ގޭމުންނެވެ.

ފުރަތަމަ ގޭމްގައި، ރާއްޖޭގެ ފާތިމަތު ދީމާ ޢަލީ މޮރިޝަސްގެ ކުޅުންތެރިޔާ އަތުން ބަލިވީ، 3 ސެޓު 1 ސެޓުންނެވެ.

ދެ ވަނަ ގޭމު ރަފާ ކާމިޔާބު ކުރީ 3 ސެޓު 2 ސެޓުންނެވެ.

ތިން ވަނަ ގޭމުގައި ސީދާ 3 ސެޓުން މުޢީނާ މުޙައްމަދު ބަލިވީއެވެ.

ހަތަރު ވަނަ ގޭމުގައި ދީމާ މޮޅުވީ 3 ސެޓު 1 ސެޓުންނެވެ.

2 ގޭމު 2 ގޭމުން އެއްވަރު ވުމާއެކު ދެން ލުޅުނީ 5 ވަނަ ގޭމެވެ.  މި ގޭމުގައި ގައި ރާއްޖެއިން ކުޅުނީ ރަފާއެވެ.  ރަފާ މި ގޭމު ކާމިާބު ކުރީ 3 ސެޓު 1 ސެޓުންނެވެ.

ރާއްޖޭގެ ޓޯމުން ރަން މެޑަލް ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހަބާ ވިދާޅުވެފައެވެ. ރާއްޖޭގެ އުފާ ފާޅުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.