ޔޫއެފާކަޕް މުބާރާތުގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗު ފަށައިފި

އައްޑޫ ސިޓީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ފ 15 އަހަރުން ދަށުގެ ޔޫއެފާ އެސިސްޓް އިންޓަނޭޝަނަލް މުބާރާތް އިރުކޮޅެއްގެ ތެރޭގައި ފަށާނެއެވެ.

މި މުބާރާތް ހުޅުވުމުގެ މެޗުގައި ބައްދަލު ކުރާނީ ރާއްޖެއާއި ބޫޓާނެވެ.

މިދެޓީމިގެ އިތުރަށް  ސަޢުދީ ޢަރަބިޔާއި، ލެޓްވިޔާގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމު މި މުބާރާތުގައި ވާދަކުރެއެވެ.މި މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ބައްދަކުރާނީ ސަޢުދީ ޢަރަބިއްޔާއި ލެޓްވިއާއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ސަޢުދީ ޢަރަބިއްޔާއެވެ. ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއި،  ލެޓްވިއާ އެވެ. ފަސްވަނަ މެޗުގައ ކުޅޭނީ ބޫޓާނާއި ސަޢޫދީއެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅޭނީ ރާއްޖެއާއި ލެޓްވިއާއެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. ފައިނަލް މެޗު ކުޅެނީ ޖުލައި 29 ވަނަ ދުވަހުއެވެ.

މިއީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ފުޓުބޯޅަ މުބާރާތެވެ.

މި މުބާރާތަށް އައްޑޫ ސިޓީ ވަނީ ވަރަށްބޮޑަށް ތައްޔާރުވެފައެވެ. މުބާރާތުގައި ކުޅޭ ޓީމުތައް އައްޑޫ ސިޓީއަށް އައުމުން އެސިޓީން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. އެފްއޭއެމުން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި ބާއްވާ ވަރަށް ޚާއްސަ މުބާރާތެއް ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގައި މާލެއިން ބޭރުގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ބޫޓާނުން ލީޑު ނަގައިފިއެވެ. މިހާރު ނަތީޖާއަކީ ބޫޓާން 1 ރާއްޖެ ސުމެކެވެ.

ބޫޓާނުން މިހާރުވަނީ ދެވަނަ ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ލަނޑުޖެހީ ޖާޒީ ނަމްބަރ 16 އެވެ. ދެވަނަ ލަނޑު ޖެހީ ޖާޒީ ނަމްބަރ 9 އެކެވެ.

ރާއްޖެއިން ވަނީ މެޗުގެ 69 ވަނަ މިނިޓުގައި ރާއްޖޭގެ މުޙައްމަދު ޚަނާން ވަނީ ރާއްޖެއަށް ލަނޑެއް ޖަހައިދީ ނަތީޖާ 2-1 އަށް ބަދަލު ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.