ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ތަށި ސީއެޗްއެސްސީން މިލްކުކޮށްފި 

ވާހަކަ ދެއްކުމުގެ 34 ވަނަ ޤައުމީ މުބާރާތުން ޖެހިޖެހިގެން ތިން އަހަރު ސީއެޗްއެސްސީ އެއްވަނަ ހޯދައި ތަށި މިލްކު ކޮށްފިއެވެ. ވާހަކަ ދެއްކުމުގެ ޤައިމީ މުރާތުގެ ނަތީޖާ ފާޅު ކުރުން ކުރިއަށް ގެންދެވީ ދެ ދަންފަޅިއަކަށް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ފުރުތަމަ ދަންފަޅީގައި ކުރިއަށް ގެންދެވީ ތަރަހަ ގިންތީގެ ބައާއި ދަށު އިބްތިދާއީ ގިންތީގެ ނަތީޖާ ފާޅުކުރުމެވެ. ތަރަޙަ ގިންތީގެ ބައިން އެންމެ މޮޅު ފަސް ސްކޫލަކީ ދޮންދޫނި، އަހްމަދިއްޔާ، ބްރިޖް ، އަމީރު އަޙްމަދު އަދި ގަލޮޅު މަދަރުސާއެވެ. ދަށު އިބްތިދާއީ ބައިން އެންމެ މޮޅު ތިން ސްކޫލަކީ ޖަމާލުއްދީން، ރެހެންދި އަދި އިސްކަންދަރު ސްކޫލެވެ.

ދަށު އިބްތިދާއީ ބައިން ވަނީ ތަފާތު ގޮތަކުން ކުޅަދާނެ ހަތަރު ދަރިވަރަކުވެސް ހޮވައިފައެވެ. އެއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ގިންތި އެވެ.  ވާހަކަ ދެއްކުމުގެ 34 ވަނަ މުބާރާތުގެ ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފެވެ.   

ދެވަނަ ދަންފަޅީގައި ކުރިއަށް ގެންދިޔައީ އިބްތިދާއީ ގިންތިއާއި ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތިއާއި މަތީ ސާނަވީ ގިންތިއާއި މަތީ ތަޢުލީމުގެ ގިންތިއާއި އޮފީސް ކުންފުނީ ކްލަބް ޖަމްޢިއްޔާ ތަކުގެ ގިންތިއެވެ. އިބްތިދާއީ ގިންތިއާއި ދަށު ސާނަވީ އާއި މަތީ ސާނަވީ ގިންތިންވެސް އެއްވަނަ ހޯދީ  ޖަމާލުއްދީން ސްކޫލެވެ. މަތީ ތަޢުލީމުގެ ގިންތިން އެންއެއްވަނަ ހޯދީ އެމްއެންޔޫ އެވެ. އޮފީސް ކްލަބް ޖަމްޢިއްޔާތަކުން އެއްވަނަ ހޯދީ ކްލަބް 220 އެވެ.

ވަހާކަދެއްކުމުގެ މުބާރާތުގެ ދެވަނަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. އޭނާ ދެއްކެވި ވާހަކައިގައި ވިދާޅުވީ އެންމެ މޮޅު މީހަކީ، ތިމާ ހުވަފެންދެކި އެހުވަފެން ޤަބޫލުކޮށް އެކަން ކާމިޔާބުވާންދެން އެކަމަށް ގަދަ އަޅާ މަސައްކަތްކުރާ މީހާކަމުގައެވެ. އެގޮތުގައި ދަރިވަރުން މަސައްކަތް ކުރުމަށް މިނިސްޓރ ޢަލީ ވަހީދު ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.