ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް ފޮރިން މިނިސްޓްރީގައި ހުޅުވަނީ

ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް ވަގުތީ ގޮތުން ރާއްޖޭގައި ގާއިމް ކުރުމަށް ނިންމަވައިފިއެވެ.

މި ސެންޓަރ ޤާއިމް ކުރައްވައި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓްމަހުގެ 5 އިން 6 އަށެވެ. ސެންޓަރ ހުޅުވާފައި ހުންނާނީ  މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށްދާނީ އެ ދެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ވިސާ އަށް އެދި ހުށަހެޅުމަށް ބުކިންގ ހައްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ބުކިންގ ހެއްދޭނީ http://www.vfsglobal.co.uk/lk/en މިލިންކު މެދުވެރިކޮށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ވަގުތީ ވިސާ އެޕްލިކޭޝަން ޚިދުމަތަކީ މަތީ ތަޢުލީމް ޙާސިލް ކުރުމަށް އިނގިރޭސިވިލާތަށްދާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވިސާ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ޚިދުމަތެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިއީ އިނގިރޭސިވިލާތުން ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ އެމްބަސީގެ ފަރާތުން ހިންގާ ސެންޓަރެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.