ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން ވަރަށްބޮޑަށް ބަދަހިވެއްޖެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ މަހުގެ 29 އިން ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ޔޫކޭއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ.
އިނގިރޭސިވިލާތުގެ އާ ލީޑަރޝިޕާއެކު މަސައްކަތްކޮށް ރާއްޖެ އާއި އެ ގައުމާއި ދެމެދުގައި މިހާރު އޮތް ބައިލެޓަރަލް ޕޯޓްފޯލިއޯ މުރާޖައާކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފަ އެވެ.