ރާއްޖޭގެ ރަށެއްގައި ހިންގާ އެންމެ އަގުބޮޑު މަޝްރޫޢު މިއަދު ހަވީރު ފޯއްމުލަކުގައި ފަށަނީ

ރާއްޖޭގެ ރަށެއްގައި މިހައި ތަނަށް ހިންގާފައި ނުވާ ވަރުގެ އަގު ބޮޑު މަޝްރޫއެއް ފޯއްމުލަކުގައި ރަސްމީކޮށް މިއަދު ހަވީރު ފަށާނެއެވެ. މިއީ އެ ރަށުގެ ބޯފެނާއި ނަރުދަމާގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ އަގަކީ 297 މިލިއަން ދިވެހި ރުފިޔާއެވެ. އާފަތިހަށް ޚަބަރު ލިބިފައިވާ ގޮތުގައި މި މަޝްރޫޢު ރަސްމީކޮށް ފަށްޓަވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި މަޝްރޫޢުގެ މަސައްކަތް ސިއެރާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފައި ވަނީ 5 މޭ 2016 ގައެވެ. މިއީ ސްރީލަންކާއާއި ރާއްޖެ ހިއްސާވާ ޖޮއިންޓް ވެންޗްރ ކުންފުންޏެކެވެ. މިހާރުވެސް އެ ކުންފުނިން ފޯއްމުލަކުގައި މަސައްކަތް ކުރަމުން އެބަ ދެއެވެ. މިއަދު ހަވާިރު އޮންނާނީ ރަސްމީކޮށް މަޝްރޫޢު ފެށްޓުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.