އީޔޫ-ސައުތު އޭޝިއާ އޭވިއޭޝަން ޕާޓްނަރޝިޕް ޕްރޮޖެކްޓްގެ 3ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ފޮޓޯ؛ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

އީޔޫ-ސައުތު އޭޝިއާ އެވިއޭޝަން ޕާޓްނާރޝިޕް ޕްރޮޖެކްޓްގެ 3ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަޙުލާ އެވެ.

ބައްދަލުވުން އިފްތިތާޙު ކޮށްދެއްވަމުން ވައިގެ ދަތުރުފަތުރުގެ ސިނާޢަތުން މި ސަރަހައްދަށް ލިބޭ ފައިދާތަކުގެ މައްޗަށާއި އޭވިއޭޝަންގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރުތަކަށް މިނިސްޓަރު އަލިއަޅުވައިލެއްވިއެވެ. އަދި ސައުތު އޭޝިއާ ގައުމުތަކުން ތިމާވެށި ރައްކަތެރިކުރުމަށް އިިތުރު މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

ފޮޓޯ: މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

އެއާ ނެވިގޭޝަން ދާއިރާއިން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން އޭވިއޭޝަން ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމަސް ރާއްޖެއިން ގެނެގުޅޭ ފަލްސަފާ ބަޔާންކޮށްދެއްވަމުން އެއާނެވިގޭޝަން ދާއިރާ އިން ދިވެހިރާއްޖެ ހޯދާފައިވާ ކާމިޔާބީ ތައް ފަހަގަކުރެއްވިއެވެ.

މިނިސްޓަރު ގެ ވަހަކަފުޅުގައި ރާއްޖެ ފަދަ ކުޑަ ގައުމަކަސް އީޔޫ-ސައުތު އޭޝިއާ ފަދަ ޕާޓްނަރޝިޕްތައް މުހިއްމުކަމަށް އަލިއަޅުވައޔޫރަޕިއަން ސޭފްޓީ އެޖެންސީ އިން ފެށުނީއްސުރެ ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ ވައިގެ ދަތުރުފަތުރު ސަލާމަތްތެރިކަން ރައްކަތެރިކުރުމުގެ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ޕްލެޓްފޯމުގެ ގޮތުގަިއ ކުރިއަށް ގޮސް އައު ހަރުފަތްތައް ގިރާ ކުރަމުންދާނޭ ކަމަށެވެ.

ފޮޓޯ: މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

މި ބައްދަލުވުމުގައި ސައުތު އޭޝިއާ މެންބަރު ގައުމުތަކުންނާއި ޔޫރަޕިއަން ސޭފްޓީ އެޖެންސީ އަދި ދިވެހިރާއްޖޭގެ އިންޑަސްޓްރީގެ ފަރާތުން މަންދޫބުން ބައިވެރިވެއެވެ. ބައްދަލުވުން ކުރިއަށް ދާނީ މި މަހުގެ 17 އިން 18އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.