ޖުލައި އަށާވީހާއި އޮގަސްޓް ފަނަރަ ވަނަ ދުވަސް ބަންދު ކަމަށް ރައީސް ކަނޑައަޅުއްވައިފި

މިހިނގާ ޖުލަމަހުގެ 28 ވަނަ ދުވަހާއި އަންނަ އޮގަސްޓް 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.

ރައީސް އެގޮތަށް ހަމަޖެއްސެވީ މިއަހަރުގެ މިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނައަދަދެއްގެ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އޮގަސްޓް 15 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ  އަޟުޙާ ޢީދާ ގުޅިގެން ޗުއްޓީއަށާއި، އެނޫންވެސް އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ. މިއަހަރުގެ އަޟުޙާ ޢީދު ދުވަހަކީ އޮގަސްޓަމަހުގެ 11 ވަނަ ދުވަހެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.