ސްރީ ލަންކާ ސަރުކާރުން ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ އިޙްތިފާލު ބާއްވައިފި

ފޮޓޯ: ރައީސް އޮފީސް

ރަޢިސް އިބްރާހީމް މުޙައްމަދް ޞާލިޙް އާއި އެމަނިކުފާޏުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ސްރީ  ލަންކާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ އިޙްތިފާޅުތައް ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ އަންގާރަ ދުވަހުގެ ހެނދުނު ސްރީ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.

ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރްޙަބާ ވިދާޅުވީ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޖަޔަންތީ ޕުޝްޕާ ކުމާރީއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ޑަޔަސްއަށް އަރައިވަޑައިގަތުމުން، ޕްރެޒިޑެންޝަލް ސެލިއުޓް އަރުވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއްވެސް އެރުވުނެވެ. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ސްރީލަންކާގެ ޓްރައި ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ފޮޓޯ: ރައީސް އޮފީސް

 މި ރަސްމިއްޔާތަށް ފަހު ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ވަނީ ބާއްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް
މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.