ބާ ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާއިޢުލާން ކުރައްވައިފި

އިއްޔެ ބޭއްވި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާން ކުރައްވައިފިއެވެ.

މި ނަތީޖާ ދައްކާ ގޮތުން ކައުންސިލްގެ ރައީސަކަށް ހޮވި ވަޑައިގެންނެވި ހ. މީނާޒު، މައުމޫން ޙަމީދަށް ލިބިވަޑައިގެންފައިވަނީ 543 ވޯޓެވެ. އޭނާއާ ވާދަ ކުރެއްވި ކުރީގެ ބަންޑާރަ ނާއިބު ޙުސްނުއްސުޢޫދަށް ލިބިވަޑައިގެންނެވީ 401 ވޯޓެވެ.

ނާއިބު ރައީސަކަށް ހޮވި ވަޑައިގެންނެވި ޢަބްދުﷲ މުޢިއްޒަށް ލިބިވަޑައިގެންނެވީ 792 ވޯޓެވެ. އޭނާއާ ވާދަ ކުރެއްވި މުޙައްމަދު ޙަލީމަށް ލިބިވަޑައިގެންނެވީ 139 ވޯޓެވެ.

ކައުންސިލްގެ މެމްބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި 6 ބޭފުޅުންގެ ތެރެއިން މުޙައްމަދު ފައިސަލަށް ލިބިވަޑައިގެންނެވީ 631 ވޯޓެވެ. އަޙުމަދު މުޢިއްޒަށް ލިބިވަޑައިގެންނެވީ 627 ވޯޓެވެ. ޢާއިޝަު ޝުޖޫން މުޙައްމަދަށް  ލިބިވަޑައިގެންނެވީ 445 ވޯޓެވެ. އަނަސް ޢަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ 361 ވޯޓެވެ. މުޙައްމަދު އަސީލް ޙަސަން އަށް ލިބިވަޑައިގެންނެވީ 356 ވޯޓެވެ. އަނާރާ ނަޢީމަށް ލިބިވަޑައިގެންނެވީ 343 ވޯޓެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.