ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވަނީ

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައިވާ ކާށީދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ޑީއާރުޕީއަށް ސޮއި ކުރައްވަން ނިންމަވައިފިއެވެ.

 ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޖާބީރާއެކު އިތުރު ދެ މެމްބަރަކުވެސް ޑީއާރުޕީއާ ގުޅިވަޑައި ގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މެމްބަރުންނެއްކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ޖާބިރު އެޕާޓީއާ ގުޅިވަޑައިގެންނެވުމުން ޕާޓީ ހިންގެވުމުގައި އިސްކޮށް ހުންނަވާނީ އޭނާއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ޑީއާރުޕީއަށް ސޮއިކުރައްވާނީ ޖުލައި 26 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.