ރަންވީރްގެ '83 ފޮޓޯ އަށް ކްރިކެޓް ކުޅުންތެރިންގެ ތައުރީފު

އިންޑިއާގެ ކްރިކެޓް ލެޖެންޑު ކަޕިލް ދޭވެްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު '83 ގައި ރަންވީރު ފެންނަ ގޮތުގައ ފޮޓޯ އެއް އާއްމުކުރުމުން ރަންވީރަށް ކްރިކެޓު ކުޅުންތެރިންގެ ތައުރީފު އޮހެން ފަށައފިއެވެ. ކަޕިލް ދޭވް އަކީ ކްރިކެޓުން އިންޑިއާ ދުނިޔޭގެ ތަށި ހޯދި ފުރަތަމަ ފަހަރު އެ ޓީމުގެ ކެޕްޓަނެވެ.

އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ރަންވީރުގެ ސޯޝަލްމީޑިއާ އެކައުންޓުތަކުގައި އާއްމުކުރި ފޮޓޯ އިން އޭނާ ފެންނަނީ ބޮޑު މަތިމަހަކާއެކު ބޮލުގެ އިސްތަށިގަނޑު ވެސް ކަޕިލް ދޭވް އާ އެއްގޮތަށް ހަދާފަިއ ހުއްޓައެވެ. ފޮޓޯއާއެކު އޭނާ ކަޕިލް ދޭވް ސިފަކޮށްފައިވަނީ ހަރިޔާނާގެ ތޫފާނުގެ ގޮތުގައެވެ.

ރަންވީރަށް ތައުރީފު ކުރަމުން ބައެއް ކްރިކެޓަރުން ވަނީ އޭނާ ކަޕިލް ދޭވްް އާ ވަރަށް ވައްތަރު ކަމަށް ބުނެފައެވެ.

ފިލްމަށް ތައްޔާރުވުމުގެ ގޮތުން ރަންވީރު ވަނީ ދިއްލީގައި ހުންނަ ކަޕިލް ދޭވްގެ ގޭގައި ދިހަ ދުވަސް ހޭދަކޮށްފައެވެ. މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ ކަޕިލް ދޭވްގެ ޝަޚްސިއްޔަތާއި ގިނަ އާދަތަކެއް ދަސްކޮށްފައެވެ. މީގެ އިތުރުން ދަރްމަސާލާގައި ބޭއްވި ކޭންޕެއްގައި ކަޕިލް ދޭވް ވަނީ ރަންވީރަށް ކްރިކެޓުގެ ތަމްރީނު ދީފައެވެ.

'83 ގެ ޑައިރެކްޓަރަކީ ކަބީރް ސިންހެވެ. ފިލްމުގައއި ރަންވީރާއެކު ކަޕިލް ދޭވްގެ އަންހެނުންގެ ރޯލު ކުޅޭނީ ރަންވީރްގެ އަންހެނުން މަޝްހޜު އެކްޓްރެސް ދީޕިކާ ޕަޑުކޯން އެވެ. މިހާރު ފިލމުގެ ޝޫޓިން ކުރިއަށް ދަނީ ސްކޮޓްލޭންޑުގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.