ކަލައިދޫއިން ކިނބި ގަސްތަކެއް ނެގި މައްސަލަ ފުލުހުންދަނީ ބަލަމުން: އީޕީއޭ

ކަލައިދޫން ނެގި ކިނބި ގަސްތައް ބޯޓުން ބާލަނީ: ފޮޓޯ ޕޮލިސް

ލ. ކަލައިދޫއިން ކިނބި ގަސްތަކެއް ނަގައި އެ ވިއްކި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އެންވަޔަރަންމެންންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ކަލައިދޫ އިން ކިނބިގަސްތައް ނެގި މައްސަލައެއް އެތަނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. "ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ބަލަމުން" ނަޢީމް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ކިނބި ގަސްތައް ނަގާފައިވަނީ އީޕީއޭގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށެވެ.

އެކަމާ ބެހޭ ގޮތުން އެރަށު ކައުންސިލްގެ ރައީސާ ސުވާލުކުރުމުން އެރަށުން ގަސްތައް ނަގަން އިޕީއޭގެ ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި ކަމަށް ފުލުހުންވަނީ މަޢުލޫމާތު ދެއްވައިފައިފައެވެ. އެކަމާ ބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ނަޢީމް ވިދާޅުވީ ކައުންސިލްގެ ރައީސް އެގޮތަށް ވިދާޅުވި ކަމަށްވާނަމަ އެއީ ޣައިރުޤާނޫނީ ވާހަކައެއް ކަމަށެވެ.

އެރަށުން ނެގި ކިބުގަސްތައް ފުލުހުން އަތުލައިފައިވަނީ އެރަށު ބަނދަރުގައި އޮތް ބޯޓަކުންނެވެ. ގަސްތައް ވިއްކާފައިވަނީ ގަހެއް 10 ރުފިޔާގެ ރޭޓުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.