މުހިންމު ދެކަމެއްގައި މިނިސްޓަރ ޝާހިދު ޖަރުމަނަށް

މިނިސްޓަރ ޝާހިދު މީގެކުރިން ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުުރުފުޅެއްގައި ޖަރުމަނުގެ ފޮރިންް މިނިސްޓަރ ހެއިކޯ މާސްއާއެކު. ފޮޓޯ: ފޭސްބުކް

ޖަރުމަނު ވިލާތުގައި މާދަމާ ފެށިގެންދާ މޫސުމާބެހޭ ކޮންފަރެންސެއް ކަމަށްވާ "ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަރުމަނަށް މިއަދު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ ވަރަށްގިނަ ގައުމުތަކާއި މޫސުމާބެހޭ މަސައްކަތްކުރާ ބަޔެއް ޖަމްއިއްޔާތަކުގެ މެދުގައި މަޝްވަރާ ކުރުމަށްޓަކައި ޖަރުމަނުން ބާއްވާ ބައްދަލުވުމެކެވެ.

މިކޮންފަރެންސަށް ފަހު މިނިސްޓަރ ޝާހިދު އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން ޖަރުމަނުގައި ބާއްވާ 4 ވަނަ ޖާރމަން-އޭޝިއަން ބިޒްނަސް ޑައިލޮގްގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިއީ ޖަރުމަނާއި އެހެން ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.