ޕީޕީއެމުން މޯލްޑިވިއަން އަށް ދައްކައްޖެހޭ ފައިސާ ދައްކައި ޚަލާސް ކޮށްފި

ޕީޕީއެމުން މޯލްޑިވިއަންއަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ އިއްޔެ ދައްކައި ނިންމައިފިއެވެ.

އެފައިސާ އަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއިދު ހޯދަން އެކި ސަރަހައްދުތަކަށް ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކައިހުރި ފައިސާއެވެ. ޖުމްލަ ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާގެ ތެރެއިން ކުރިން އެޕާޓީން ވަނީ އެއް މިލިއަން ރުފިޔާ ދައްކައިފައެވެ.

ޕީޕީއެމުން މިފައިސާ ދައްކައިފައިވާކަން މޯލްޑިވިއަންއިންވަނީ ކަށަވަރު ކޮށްދީފައެވެ.

މީޕީއެމުން މިފައިސާ ދެއްކިއިރު އިލެކްޝަންސް ކޮމިޝަނުންވަނީ އެޕާޓީއަށް 9 މިލިއަން ރުފިޔާ ދިނުމަށް އެދި ފިނޭންސަށް ފޮނުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.