ފުލުހުންނާއި ސިފައިން ގުޅިގެން ބާއްވާ ތަމްރީން ފެށުމަށް ތައްޔާރުވެއްޖެ

އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިއަދު ފެށުމަށް ހަމަޖެހިފައިވާ ތިން ދުވަހުގެ ތަމްރީން ޕްރޮގްރާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ  މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 6:00 ގައި ކަމަށެވެ. ނިންމުމަށް ހަމަޖެހިފައިވަނީ މިމަހު 23 ވަނަ ދުވަހު 6:00 ގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައެވެ. މިގޮތުން މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ މުޢައްސަސާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމަށް ކުރިއަށް ގެންދާ ތަމްރީތަކެއް ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ. އޭގެ އިތުރަށް މުސްތަގުބަލުގައި ދެ ވުޒާރާ ގުޅިގެން އޮޕަރޭޝަނަލް ޙާލަތްތަކުގައި ކަންކަން ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުންވެސް މީގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.