އާފަތިސް ބަދިގެ: ރެއިޒިން ބްރެޑް ޕުޑިން

ބޭނުންވާނެ ބާވަތްތައް:

50 ގުރާމު ރެއިޒިން

5 މޭޒުމަތީ ސަމުސާ ގްރޭޕް ޖޫސް

1 ޕާން

3 ½ ޖޯޑު ބައި ކިރު، ފުލްކްރީމް

މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ

3 ކުކުޅު ބިސް

100 ގުރާމް ބަޓަރު، އަންސޯލްޓެޑް

1 ސައިސަމުސާ ވެނީލާ އެސެންސް

އޮރެންޖެއްގެ ތޮށި، ގާނާފައި

ޖޯޑެއްގެ ތިންބައިކުޅަ ދެބައި ހަކުރު (ކެރެމަލް ތައްޔާރުކުރުމަށް)

ތައްޔާރުކުރާނެ ގޮތް:

ގްރޭޕް ޖޫހުގެ ތެރެއަށް ރެއިސިން އަޅައި ފޯކުރާށެވެ.

ޕާންފޮތިތައް ކުދިކޮށް ކޮށައިފައި ކިރު އަޅައިގެން ފޯކުރާށެވެ. ފަސްވަރަކަށް މިނެޓު ބެހެއްޓުމުން ހެޔޮވަރު ވަރަށް ފޯވާނެއެވެ. ދެން އަތުން ޕާން ޗަސްކުރާށެވެ.

ދެން ބްރައުން ޝުގަރ އާއި ހަކުރު އެއްކުރާށެވެ. ހަކުރު ރަނގަޅަށް ވިރި މަޑު މުށި ކުލައެއް އަރަންދެން ގިރާށެވެ. ޕާނުގެ ތެރެއަށް އަށް މި މިކްސްޗަރު އެޅުމަށްފަހު ވިރުވައިފައި ހުރި ބަޓަރާއި ވެނީލާ އެސެންސާއި އޮރެންޖު ތޮށްޓާއި އަދި ފޯކޮށްފައި ހުރި ރެއިސިން އާއި އަޅައިގެން ގިރާލާށެވެ. ހުރިހައި ބާވަތެއް ޕާނާއި އެކުވަންދެން ގިރުމަށް ފަހު ހުރިހާ ރަހައެއް ރަނގަޅަށް ނުކުންނަން ދެން ބަހައްޓާށެވެ. ވިހި ވަރަކަށް މިނެޓު ވަރު ރަނގަޅުވާނެއެވެ.

180 ޑިގްރީއަށް އަވަން ހޫނުކުރާށެވެ.

ކެރެމަލް ތައްޔާރުކުރުމަށް އުނދުން މައްޗަށް ތަވައެއް އުދައި މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ފެން އެޅުމަށްފަހު ބަހައްޓާށެވެ. ކައިރިފަށުން ހަކުރު ވިރި ގަނޑުވާން ފެށުމުން ތަވާގެ މެދުގައި ހުރި ހަކުރު ވިރުވައި އެއްވަރަކަށް ފަތުރައިލަން ވަށް ބުރަށްވާ ގޮތަށް ތަވާ ކުޑަކޮށް ވަށްބުރަށްވާ ގޮތަށް އަނބުރައިލާށެވެ. އަދި ހަކުރު ވިރި ރަން ކުލަ އަރަން ފެށުމުނ އުނދުންމަތިން ނަގާށެވެ. އަދި 24 ސެންޓިމީޓަރުގެ ޓްރޭއަކަށް ކެރެމަލް ހުސްކުރާށެވެ.  މުޅި ޓްރޭގެ އަޑީގައި ކެރެމަލް ހަމަހަމައަށް ފެތުރޭ ގޮތަށް ޓްރޭވެސް އަކިއަތަށް އަނބުރާށެވެ.

ދެން ޕާން ފުށްގަނޑު ޓްރޭއަށް އަޅައި ސަމުސަލަކުން މަތި އޮމާންކުރުމަށްފަހު ދޮޅު ގަޑި އިރުވަރު ފިހެލާށެވެ. އޭގެ ކުރިންވެސް ޓޫތު ޕިކެއް ބޭނުންކޮށްގެން ފިހެވުނުތޯ ބަލައިލެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.