އާފަތިސް ރޯދަ ބަދިގެ: ބަނާނާ ބްރެޑް

ބޭނުންވާނެ ތަކެތި:

250 ގުރާމް ސެލްފް ރެއިޒިން ފުށް

3 ވައް ދޮންކެޔޮ

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ އާފަލު ޖޫސް

125 ގުރާމް ބަޓަރު

2 ކުކުޅު ބިސް

ބައި ސައިސަމުސާ ފޮނިތޮށި

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

180 ޑިގްރީ ސެލްސިއަސް ގައި އަވަން ހޫނުކުރާށެވެ.

ޕާންފިހޭ ތަށްޓެއްގައި މާޖިރީން އުނގުޅައި ތަށީގެ އަރިމަތި ކުޑަ ފުށްކޮޅަކުން ޑަސްޓް ކުރާށެވެ.

ދޮންކޭލުގެ ތޮށި ނޮޅައި ބޯތަށްޓަކަށް އެޅުމަށްފަހު އުލަކުން ޗަސްކުރުމަށްފަހު އާފަލު ޖޫސް އަޅައި އެއްކުރާށެވެ.

އެހެން ބޯތަށްޓެއްގައި ބަޓަރު ކްރީމަށްވަންދެން މިކްސް ކުރުމަށްފަހު ފަހަރަކު ބިހެއް އަޅައި އެއްކުރާށެވެ.

ދެން ފުށާއި ފޮނިތޮށްޓާއި މާމުޔާއި ދޮންކެޔޮ އެއްކުރުމަށްފަހު ޓްރޭ އަށް އަޅައި އަވަނުގައި 40 މިނިޓްވަންދެން ފިހޭށެވެ. އަވަނުުން ނެގުމަށްފަހު ހިހޫ ކުރަން ކުޑަ އިރުކޮޅަކު ބެހެއްޓުމަށްފަހު ނަރުގަނޑެއްގެ މައްޗަށް ފުށުން ޖަހައި ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫވުމުން ސްލައިސްކޮށް ތަށްޓެއްގައި ސާވް ކުރާށެވެ.

މި ރެސިޕީއަށް ރަނގަޅުވާނީ ވިހާވެސް ބޮޑަށް ދޮންވެފައި ހުރި ކޭލެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.