ބޭނުންވާނެ ތަކެތި:
375 ގުރާމް ޑާކް ޗޮކްލެޓް
375 ގުރާމް ބަޓަރު
500 ގުރާމް ހަކުރު
6 ކުކުޅު ބިސް
225 ގުރާމް ފުށް
ޓޮޕިންގ އަށޤ ބޭނުންވާނެ ތަކެތި:
140 ގުރާމް ޑާކް ޗޮކްލެޓް
50 ގުރާމް ބަޓަރު
އައިސިންގ ޝުގަރ
ތައްޔާރު ކުރާނެ ގޮތް:
30 ސެންޓިމީޓަރު، 21 ސެންޓިމީޓަރު ޓްރޭއެއްގައި ބަޓަަރު ހާކާށެވެ. 180 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނު ކުރާށެވެ. މަޑުގިނީގައި ބަޓަރާއި ޗޮކްލެޓް ވިރުވާށެވެ.
ބޯތަށްޓެއްގައި ހަކުރާއި ބިސް އެއްކުރާށެވެ. ހަކުރު ވިރި ރަނގަޅަށް އެކުރެވުމުން ފުށް އެއްކުރާށެވެ. ޓްރޭއަށް އަޅައި 40 މިނިޓް ނުވަތަ 45 މިނިޓް ފިހޭށެވެ.
ޓޮޕިންގ ތައްޔާރު ކުރުމަށްޓަކައި ބަޓަރާއި ޗޮކްލެޓް ވިރުވާށެވެ. މައިކްރޯވޭވްގައި ވެސް ވިރުވިދާނެއެވެ. ރަނގަޅަށް ވިރުމުން ކޭކުގެ މަތީގައި ފަތުރާލާށެވެ. އޭގެ މައްޗަށް ކުޑަ އައިސިންގ ޝުގަރ ކޮޅެއް ފުރާނާލާށެވެ އަދި ހަތެރެސްކަނަށް ކަފައި މޭޒުމައްޗަށް ނަގާށެވެ.