ހުޅުމާލެއިން 60 ފުޅި ބަނގުރާ އަތުލައިގެންފި

ރޭ ދަންވަރު 3:52 އެހައިކަންހާއިރު ހުޅުމާލެއިން 60 ފުޅި ބަނގުރާ އަތުލައިގެންފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ޕެޓްރޯލް ކުރަމުންދަނިކޮށް އެފްއެސްއެމް ފިއުލް ޝެޑު ކައިރިއަށް ޑިންގީއެއް ކައިރިކޮށް ފޮށިގަނޑުތަކެއް ބޭލި ކަމަށެވެ. އަދި އެތަކެތި ކާރަކަށް ލައިގެން ދަނިކޮށް ހުޅުމާލެ ސިވިލް ކޯޓު ކައިރިން ހުއްޓުވައި ބެލިއިރު އެއިން 60 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި ޙާދިސާގައި ޓެކްސީ ދުއްވަންއިން މީހާ ވަނީ ފިލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގައި އިން ޢުމުރުން 39 އަހަރުގެ ބަނގްލަދޭޝް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ ޑްރައިވަރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމައްސަލަ ތަޙުގީގު ކުރަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.