ހިތަދޫ ގެތަކުން މިއަދު ކުނިނަގާނެ

އައްޑޫސިޓީ ހިތަދޫ ގެތަކުން ކުނި އުކާނުލާތާ ހަފްތާއެއްހާ ދުވަސް ފަހުން މިއަދު ކުނިނަގާނެއެވެ.

ވެމްކޯ ސަރަޙައްދީ އޮފީހުން ވިދާޅުވީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ހިތަދޫ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ކުނި ނެގުމުގެ މަސައްކަތުގައި މިއަދު 7 ވެހިކަލް ޙަރަކާތްތެރިވާނެ ކަމަށް ސަރަޙައްދީ އޮފީހުން ވިދާޅުވިއެވެ.

އައްޑޫސިޓީގެ ހުޅުދޫ، މީދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އިން މިހާރުވަނީ ކުނިނަގައިފައެވެ. ހިތަދޫގެ ގެތަކުން ކުނިނަގައި ނިމުމުން މާދަމާއިން ފެށިގެން އެއްވެސް ޑިލޭއެއް ނައިސް އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ސަރަޙައްދީ އޮފިހުގެ މޭނޭޖަރ ޝާފިޢު ޖަމީލް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ދެން އެއްވެސް މައްސަލައެއް ދިމާނުވެ ބަރާބަރަށް ދުވަހުންދުވަހަށް ކުނިމެނޭޖު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.