މިރޭ ބާއްވާ އިޙްޔާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވާނީ ރައީސް މައުމޫން

ރަމަޟާން މަހުގެ ރޭތައް އިޙުޔާކޮށް ދިރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވާނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ބާއްވާ އިޙްޔާ ޕްރޮގްރާމުގެ ދަށުން މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޚު ދެއްކެވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ "ރަމަޟާން މަސް" އެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.

މިއީ ރައީސް މައުމޫން ސަރުކާރުން ފެށިގެން މެދުނުކެނޑި ކުރިއަށް ގެންދަވާ  ޕްރޮގްރާމެކެވެ.

މައުމޫން ފައުންޑޭޝަނުން ވެސް މިއަހަރު ދީނީ ނަސޭހަތް ދެއްވުމުގެ ޕޮރޮގްމާ ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ނަސޭޙަތް ދިނުމުގެ ތިން ޕްރޮގްރާމް މި ރޯދަމަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ރޯދަމަހު ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން އެފަހަރު އިޙްޔާ ކުރުމުގެ ޖަލްސާއެއް މައުމޫން ފައުންޑޭޝަނަށް ބޭއްވިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.