ރޯދަމަހުގެ ފުރަތަމަ ދުވަހުވެސް މާރުކޭޓުގައި ތަކެތީގެ އަގު ބޮޑުވެއްޖެ

ރޯދަމަހުގެ ފުރަތަމަ ދުވަހުވެސް މާލޭގެ މާރުކޭޓުގައި ތަކެތީގެ އަގު ޑަބަލް ވެއްޖެއެވެ. ވިޔަފާރިވެރިން ބުނަނީ އަގުބޮޑުވަނީ ޑިމާންޑު ބޮޑުވީމައި ކަމަށެވެ.

ތަކެތީ އަގުބޮޑު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުވަނީ ވިޔަފާރިވެރިންގެ ގާތުން އެދިވަޑައިގެންފައެވެ.

ތޮއްޑޫ ދަނޑުވެރިއަކު ބުނީ އެމީހުން ކަރާ ކިލޯއެއް ވިއްކަނީ ވިހިރުފިޔާއި ތިރީސް ރުފިޔާއާ ދެމެދުގެ އަގެއްކަމަށެވެ. އެހެންނަމަވެސް ބާޒާރުގައި ކަރާގެ އަގު މިއަދުވަނީ ކިލޯއެއް 40 ރުފިޔާއަށް އަރައިފައެވެ. އޭނާ ބުނީ މިފަހަރު ބާޒާރުގައި އެންމެ މަދުވާނީ ފަތުގެ ބާވަތްތަކާއި މިރުސް ކަމަށެވެ. ކޮޕީފަތް ބޮޑިއެއް (ތިން ފަތް) މިދު ލިބެނީ 20 ރުފިޔާއަށެވެ. އެންމެ އަގުހެޔޮކޮށްހުރީ 10 ރުފިޔާއަށް ވިއްކާ ކަންކުން ފަތެވެ. ކުއްޅަފިލާ ފަތްބޮޑިއެއް ވެސް ލިބެނީ 20 ރުފިޔާއަށެވެ. ކޮރިއެންޑާ ފަތް ބޮނޑިއެއް ލިބެނީ ވިއްސާއި ފަންސަވީސް ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހަށް ބަލާއިރު ދިންކެޔޮވެސް ވަރަށް މަދެވެ. މާލޭގެ ބާޒާރުން ދޮންކެޔޮވަކެއް ލިބެނީ އެންމެކުޑަކޮށް ވެސް 4 ރުފިޔާއަށެވެ. ބޮޑު ގަބުޅިއެއް ލިބެނީ 45 ރުފިޔާއާއަށެވެ. މިރުސް ކިލޯއެއް ލިބެނީ 900 ރުފިޔާއަށެވެ.

ތޮއްޑޫ ދަނޑުވެރިޔާ ބުނީ އެންމެ ތިޔާގިކޮށް ބާޒާރުން މިފަހަރު ލިބޭނީ ކަރާއި، ފަޅޯ ކަމަށެވެ. ފަޅޯ ކިލޯއެއް އިއްޔެ ލިބެންހުރީ 5 ރުފިޔާއަށެވެ. މިއަދުވަނީ 10 ރުފިޔާއަށް ބޮޑުވެފައެވެ.

މަސްމާރުކޭޓަށް ބަލާއިރު ކަޅުބިލަމަހެއް އާންމުކޮށް ގަންނަން ލިބެނީ 50 ރުފިޔާއަށެވެ. ކަންނެލި (ކުދި) ފަސްދޮޅަސް ރުފިޔާއަށެވެ. އެންމެ އަގުބޮޑު މަހަކަށް މަސްމާރުކޭޓުގައި ހުރީ ރަތްމަހެވެ. ރަތްމަހުގެ އަގަކީ 500 ރުފިޔާއެވެ. ޢާމުކޮށް ބޭނުންކުރާ ފަރުމަހުގެ ބާވަތްތަކުގެ އަގު ހުރީ 10 ރުފިޔާއާއި 85 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.