ހުޅުމާލޭގައި ތިން އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި

ބޭންކްއޮފް މޯލްޑިވްސް އިން ހުޅުމާލޭގައި އިތުރު ތިން އޭޓީއެމް ބަހައްޓައި މިއަދު ޚިދުމަތްދޭން ފަށައިފިއެވެ.

އަލަށް އޭޓީއެމް ބަހައްޓައިފައިވަނީ ރެނާޓު އިތާމުތް ހުންނަ ސަރަޙައްދުގައެވެ. ނުވަތަ އީޒީ ފިލް ކުރިމަތީގައެވެ. "އަޅުގަނޑުމެން ވާނީ ހުޅުމާލޭގައި އިތުރު ތިން އޭޓީއެމް ބަހައްޓައި މިއަދު ޚިދުމަތްދޭން ފަށާފައި. މި ފަހަރުވެސް މިބެހެއްޓީ އެންމެ ޒަމާނީ ތިން އޭޓީއެމް. ފައިސާނެގުމާއި ޖަމާކުރުމާއި ޗެކުވެސް ޖަމާ ކުރެވޭނެ،" ބީއެމްއެލްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ. ސިޓީއުރައިގައި ފައިސާ ޖަމާކުރުމުގެ ޚިދުމަތެއް މި މެޝިންތަކުން ނުލިބެއެވެ.

ބީއެމްއެލް އިން ވިދާޅުވީ ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް މި އޭޓީއެމްތަކުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އާބާދީ އިތުރުވަމުން އަންނަ މިންވަރަކުން އިތުރު ސަރަޙައްދުތަކުގައި އޭޓީއެމް ބަހައްޓާ ގޮތަށް ބީއެމްއެލް އިން ވަނީ ނިންމަވައިފައެވެ. އެ ބޭންކަކީ ރާއްޖޭގައި އެންމެ ޙަރަކާތްތެރި އަދި ޚިދުމަތް އެންމެ ރަނގަޅު އެއް ބޭންކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.