ސާފުކޮށްފައިވާ ތުތި ބޯވަދިލަމަހުގެ 4 އުފެއްދުމެއް މިފްކޯއިން ބާޒާރަށް ނެރެފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ތުތި ބޯވަދެލި މަހުގެ 4 އުފެއްދުމަށް ބާޒާރަށް ނެރެފިއެވެ.

މިފްކޯއިން ވިދާޅުވީ އިއްޔެ ބާޒާރަށް ނެރުނު އުފެއްދުންތައް އެކުންފުނީގެ މާލޭގެ ދެ ފިހާރައިންނާއި ހުޅުމާލޭގެ ފިހާރައިން ލިބެން ހުންނާނެއެވެ. މާކެޓަށް ބަލާފައި މި އުފެއްދުންތައް ރާއްޖެއިން ބޭރުކުރުމުގެ ވިސްނުންވެސް މިފްކޯއިން ގެންގުޅުއްވައެވެ.

ރާއްޖޭގެ ބާޒާރަށް ތުތި ބޯވަދެލިމަސް މިނެރުނީ އަލަށެވެ. ނެރުމުގެ ކުރިން މިފްކޯއިން ވަނީ ރާއްޖޭގެ މާކެޓުގައި ތުތި ބޯވަދެލިސް ހުރިތޯ ވެސް ބައްލަވައިފައެވެ. ބޭރުން އެތެރެކޮށްފައިވާ މަސް ހުއްޓަސް މިފްކޯއިން ވިއްކާ ތުތި ބޯވަދިލަމަސްހާ އެމަސް ތާޒާއެއް ނޫނެވެ.

ތުތި ބޯވަ ދިލަމަހުގެ މަސްވެރިކަމަކީ ރާއްޖެއަށް އަލަށް ތަޢާރަފްކުރި މަސްވެރި ކަމެވެ. އެކަމަށް ބޭނުންވާ ސާމާނާއި ތަމްރީން ސަރުކާރުން ގެންދަވަނީ ފޯރުކޮށްދެއްވަމުންނެވެ. އެމަސްވެރިކަމުގައި އުޅޭ މީހުން ބުނަނީ އެއީ ރަނގަޅު ނަފާއެއް ލިބޭ މަސައްކަތެއް ކަމަށެވެ.

މިފްކޯއިން ވިދާޅުވީ ތުތި ބޯވަދިލަމަހުގެ ޑިމާންޑު ރާއްޖޭގައި އެބައޮތް ކަމަށެވެ. އެހެން ކަމުން މިހާރަށްވުރެ ހެޔޮ އަގުގައި ކުރިއަށްއޮތްތާގައި ރައްޔިތުންނަށް އެ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ. ތުތި ބޯވަދެލިމަސް ކިލޯއެއް މިފްކޯއިން ގަންނަނީ 180 ރުފިޔާއަށެވެ.

މިފްކޯއިން ބާޒާރަށް ނެރެފައިވާ ތުތި ބޯވަދެލިމަހަކީ ސާފުކޮށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ގޮތަށް ހަދައިފައިވާ އެއްޗެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.