މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް މިފްކޯ އިން އިތުރު 3 ބޯޓު ގެންނަނީ!

މަސްވެރިކަން ރަނގަޅު ދުވަސްވަރު، ބާނާ މަސް ގަތުމުގެ ގާބިލުކަން އިތުރުކުރުމަށް މިފްކޯ އިން އިތުރު 3 ބޯޓު ގަނެފި އެވެ.

މިފްކޯ އިން ބުނީ މިހާރުކުރިއަށްދަނީ ރެޖިސްޓްރޭޝަން ބަދަލުކުރުމުގެ މަރުހަލާ ކަމަށާއި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސް ކިރުވުމުގައި ދަތިތަކާއި ދިމާވުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާ އެކެވެ.

އެކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިހާރު ގަނެފައިވާ މަސް ބޯޓުތަކަކީ ވެސް މި މަސައްކަތުގެ ދަށުން ގަނެފައިވާ ބޯޓުތަކެއް ކަމަށް ވެސް މިފްކޯ އިން ބުނެއެވެ.

މިފްކޯގެ ފްލީޓުގައި މިހާރުވެސް ދެ ބޯޓު އޮވެއެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާއެވެ. ޖަޒީރާ 102 އަކީ 100 ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލްކަން ހުރި ބޯޓެކެވެ. އަދި މަހާ ކަލަމިންޖާއަކީ 90 ޓަނާއި ހަމައަށް މަސް ގަތުމުގެ ގާބިލްކަން ހުރި ބޯޓެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.