އުންމީދަކީ އެންމެ ކުޑަ މުސާރައިގެ ގޮތުގައި އުޅެވޭ ވަރުގެ އެއްޗެއް ހަމަޖެހިގެން ދިޔުން: ޖޭޔޫ

އެންމެ ކުޑަ މުސާރަ ކަނޑައެޅިގެންދާއިރު ރައްޔިތުންނަށް އުޅެވޭވަރުގެ އެއްޗެއް ކަނޑައޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުންގެ ގެމަނަފުށީ ދާއިރާގެ މެމްބަރ ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެންމެ ކުޑަ މުސާރަ ކަނޑައެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެޅުއްވި ފުރަތަމަ ފިޔަވަޅު ރަނގަޅު ކަމަށެވެ. ރައީސް ވަނީ އެކަމަށް ޚާއްސަ ބޯޑެއް އެކުލަވާލައްވައިފައެވެ.

އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވައިފައިވާ ބޭފުޅުންނަކީ، ގ.ސިލްވަރުގޭ،  މަރްޔަމް ޚާލިދާ، މއ. މާންދޫގެ އިބްރާހީމް ނޫރައްދީން،  ހ. ސީސައިޑް
މުޙައްމަދު ޢަލީ ޖަނާޙް، ހއ. ހޯރަފުށި
ޗާނދަނީގެ، ޢަލީ އާދަމް، ބ. ކެންދޫ، ދާއިރާ

މަޢުރޫފް ޛާކިރެވެ.

ޖޭޔޫ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެންމެކުޑަ މުސާރަ ކަނޑައެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމްދު ޞާލިހުގެ "ފުރަތަމަ ފިޔަވަޅު ރަނގަޅު" ކަމަށެވެ. އޭނާ ވިދާޅުވީ އިންޑަސްޓްރީތަކާއި، މުވައްޒަފުންނާއި މުވައްޒަފުން ތަމްސީލް ކުރާ މަޝްވަރާ ކޮށްގެން އުޅެވޭވަރުގެ މުސާރަ އެއް ކަނޑައެޅިގެން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.