ރިޟްވާން އާއި ޔާމީންގެ މަސައްކަތް ރަމްޒުކޮށްދެނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިއްމުކަން: ރައީސް

Photo: @MvSpokesperson (Twitter)

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން އާއި އިހާނެތިގޮތަކަށް މަރާލެވިފައިވާ އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ މަސައްކަތުން ރަމްޒުކޮށްދެނީ ޚިޔާލު ފާޅުކުރުމުގެ މުހިއްމު ކަން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ ރިޟްވާން އާއި ޔާމިންގެ އާއިލާއަށް އިންސާފު ހޯދައި ދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމަށް މި ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންސާފު ހޯދައިދިނުމެވެ. އެކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި، ކުރިއަށްދާނެއެވެ. އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމު ކަމެވެ." ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެން, މަރާލެވިފައިވާ މީހުންނާއި ވީނުވީ އެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނެއް އުފައްދަވާފައެެވެ. ރިޟްވާން ގެއްްލުވާލާފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މާރާލާފައިވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22ވަނަ ދުވަހުގެ ރޭގައެވެ.

ޔާމީން އަށް އިންސާފު ހޯދައިދިނުމަށް އެ އާއިލާ އާއި އެކުވެރީން އިންތިޒާމު ކޮށްގެން މިދިޔަ އޭޕްރީލް މަހުގެ 23ވނަަ ދުވަހު ބޭއްވި ހިނގާލުމުގައި ރައީސުލްޖުމްހޫރއިްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭޕްރިލް މަހުގެ 23ވަނަ ދުވަހަކީ ޔާމިންގެ މަރަށް ދެ އަހަރު ފުރުނު ދުވަހެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.