ޑިންގީއެއްގެ ބުރަފަތީގައި ބޯޖެހި ބިދޭސީއަކު ނިޔާވެއްޖެ

ޑިންގީއަކުން ވެއްޓި އޭގެ ބުރަފަތީގައި ބޯޖެހި ލިބުނު ޒަޚަމްތަކުގެ ސަބަބުން ބަނގްލަދޭޝް ރައްޔިތަކުން މިއަދު ނިޔާވެއްޖެއެވެ.

އއ. ހަލަވެލި ރިސޯޓުގެ ފައްތިޔަކުގައި އޮތް ޑައިވިން ދޯންނީގެ ކެޕްޓަން ބަލާ އޭނާ ޑައިވިން ދޯނީގެ ޑިންގީގައި ފުރީ އެކަންޏެވެ. އެމީހާއަކީ އެ ޑައިވިން ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.

މި ޙާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11:12 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

"ޙާދިސާ ހިނގާފައިވަނީ މީނާ އެކަނި ޑިންގީގައި ނައްޓާލި ތަނުން ފަހަތަށް ވެއްޓިގެން. މީނާ ވެއްޓޭތަން ފެނިގެން މީހުން އެ ސަރަޙައްދަށް ދިޔައިރު މީނާގެ ގަމީސް ޑިންގީގެ ބުރަފަތީގައި އޮޅިފައި އޮތްކަމަށްވަނީ،" ފުލުހުން ވިދާޅުވިއެވެ.

ޢުމުރުން 41 އަހަރުގެ އެ މީހާގެ މަރުގެ މައްސަލަ ފުލުހުން ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.