ވިލާ އެއާޕޯޓުގެ އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެ

ލޮރީ އެކްސިޑެންޓުގައި އަނިޔާވި މީހުން ތިބި ޖޯލިފަތި: ފޮޓޯ ޕޮލިސް

މާމިގިލީގައި ހިންގާ ވިލާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ފަޔަރލޮރީ ކޮންޓްރޯލް ނުވެގޮސް މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި  4 މީހުންގެ ތެރެއިން އެކަކު ދާދި ދެންމެ ނިޔާވެއްޖެ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފިއެވެ.

އޭނާ ނިޔާވެފައިވަނީ އެ 4 މީހުން މާލެ ގެންނަން ފުރި ފަހުން އޭނާގެ ޙާލު ސީރިއަސްވުމުން މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނިޔާވެފައިވަނީ މާމިގިލީ، ބިންމާ، އަޙުމަދު ރަޝީ  ޢަބްދުއްޝުޚުރެވެ. އޭނާގެ ޢުމުރަކީ 30 އަހަރެވެ. މާމިގިލީ ޞިއްޙީ މަރުކަޒުން އޭނާ މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 7:00 ގައި ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

އަނެއް ތިން މީހުން ގޮވައިގެން މާލެ އަންނަ ލޯންޗު 8:45 އާއި 9:00 އާ ދެމެދު މާލެއަށް ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.