ވިލާ އެއާޕޯޓުގެ ފަޔަރލޮރީ އެކްސިޑެންޓެވެ ހަތަރު މީހަކަށް އަނިޔާވެއްޖެ

މާމިގިލީގައި ހިންގާ ވިލާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ފަޔަރލޮރީ ކޮންޓްރޯލް ނުވެގޮސް މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.

މިޙާދިސާގައި އަނިޔާވެފައިވަނީ އެއާޕޯޓުގެ ފަޔަރުގައި މަސައްކަތް ކުރާ 4 މީހަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހަނަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް މީހުންގެ ފައި ބިނދި އެކެއްގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމީހުންނަށް މާމިގިލީ ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މާލެ ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.