ވެލިގާ ހާޑުވެއާއިން ވައްކަން ކުރި މީހަކު ބަންދުކޮށްފި

މަޖީދީމަގުގައި ހުންނަ ވެލިގާ ހާޑުވެއާއިން ވައްކަންކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ވެލިގާ ހާޑުވެއާއިން އެމީހާ ވައްކަން ކުރުމުން އެތަނުން ވަނީ އޭނާ ހިފަހައްޓާފައި ކަމަށެވެ. ފުލުހުން އޭނާ ބަންދުކޮށްފައިވަނީ އެ މީހާ ހިފެހެއްޓުމަށްފަހު ފުލުހުންނަށް ރިޕޯޓު ކުރުމުން އެފިހާރަށް ގޮހެވެ. މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ދީފައިވަނީ މިރޭ 9:13 އެހައިންކަންހާއިރުއެވެ.

އެފިހާރައިން ވައްކަން ކޮށްފައިވަނީ ޢުމުރުން 32 އަހަރުގެ ދިވެއްސެކެވެ. އެމީހާ ވަގަށް ނެގި ތަކެތި ވެސް މިހާރުވަނީ ވެރިފަރާތާ ޙަވާލުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެ އިތުރަށް މިރޭ 21:40 އެހައިކަންހާއިރު ހިލާލީގެ ކައިރިން ހިނގާފައި ދިޔަ މީހެއްގެ ޢަމަލުތައްހުރި ގޮތުން ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށްނަގައިފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވަނީ އެ މީހާ ވެސް ބަންދުކޮށްފައެވެ. އެއީ ޢުމުރުން 29 އަހަރުގެ ދިވެހި ފރިހެނެކެވެ. ފަހަކަށް އައީސް ވައްކަމާއި މާރާމާރީގެ މައްސަލަތައް މާލޭގައި ވަނީ އިތުރުވެފައެވެ.

ފުލުހުން ގެންދަނީ މި ދެމައްސަލަވެސް އިތުރަށް ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.