ލަންކާ ފުލުހުންގެ ބަންދުގައި ތިބި ދިވެހީންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 13 ދުވަސް އިތުރު ކޮށްދެއްވައިފި

ޖާނުން ފިދާވެގެން ސްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކަށްފަހު ބަލައިފާސް ކުރުމުގެ ތެރެއިން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 6 ދިވެހީންގެ ތެރެއިން 2 މީހެއްގެ ބަންދަށް 13 ދުވަސް މިއަދު އިތުރު ކޮށްދެއްވައިފިއެވެ.

ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ އައިއެސްއާ ގުޅުންހުރި ފޮތެއް ފެނުނުގެއިން ބަންދުކުރި ދެ ދިވެހިންގެއެވެ. އެ މީހުން ލަންކާއަށް ގޮސް އުޅެނީ ބޭސްފަރުވާއަށް ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެ ދެމީހުންގެ އިތުރަށް ވެސް 4 ދިވެއްސަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މީހުން ބަންދުކޮށްފައިވަނީ އެމީހުން އުޅޭ ގެއިން އެއާރައިފަލާއި، މަސްތުވާތަކެތި ފެނިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި 6 މީހުން ފިޔަވައި އިތުރު ދިވެއްސަކު މިހާތަނަށް ބަންދުކޮށްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ލަންކާ ފުލުހުން އަދިވެސް ގެންދަވަނީ ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށެވެ. އާދީއްތަ ދުވަހު ލަންކާގައި ދިން ޙަމަލާގައި 300 އަށްވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަޚަމް ވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.