ސައިކަލުގެ ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި

ސައިކަލުގެ ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވި ފުލުސްމީހާގެ ޑްރައިވިން ލައިސަންސް ހިފަހައްޓައިފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ވިދާޅުވެފައިވަނީ އޭނާގެ ލައިންސަން ހިފަހައްޓާފައިވަނީ އެއް އަހަރަށް ކަމަށެވެ.

އެކުއްޖާ ސައިކަލުގެ ވަށިގަނޑަށް ލައިގެން މާލޭގައި ދުއްވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މިޑިއާގައި ދައުރުވާން ފެށުމުން އޭނާއަށް ވަރަށްބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި ވަގުތުން ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައިވެސް  ވެއެވެ. މި މައްސަފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ.

މި މައްސަލައިގެ އިތުރަށް އެހެން ދެ މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ ލައިސެންސް  ވެސް ވަނީ ހިފަހައްޓައިފައެވެ. އެ ތިންމީހުންގެ ލައިންސަންސް ހިފަހައްޓާފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

މީގެ ތެރެއިން އެކަކީ މާރިޗު 12 ވަނަދުވަހު ތ. ތިމަރަފުށީ އެއާޕޯޓަށް ދާން އޮންނަ މަގުގައި ހިނގި އެކްސިޑެންޓުގައި ވޭން ދުއްވަން އިން މީހާއެވެ. އޭނާގެ ލައިސަންސް ހިފަހައްޓައިފައިވަނީ ދެ އަހަރަށެވެ. އެ އެކްސިޑެންޓުގައި ވަންދޫ އަންހެނަކަށްވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ. ރާއްޖެއިން ފަރުވާ ދިނުމަށްފަހު އެމީހާއަށް މިހާރު ފަރުވާދެމުން ގެންދަނީ ބޭރުންނެވެ.

ފެބްރުއަރީމަހު ސިނަމާލޭ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓުންވެ ހަލާކުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ވެސް ވަނީ 2 އަހަރަށް ހިފަހައްޓައިފައި ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.